ޕޮޓޯ

މާޒިޔާގެ ތިން ބިދޭސީ ކުޅުންތެރިން ޓީމާއި ގުޅިއްޖެ

     17 ޖެނުއަރީ 2015 - 3 ދުވަސް 16 ގަޑި ކުރިން

މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ ސްޕޯޓްސް ކްލަބަށް ސޮއި ކުރި އެ ޓީމްގެ ތިން ބިދޭސީ ކުޅުންތެރިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިފަހަރުގެ ސީޒަނަށް މާޒިޔާއަށް ގެނެސްފައި ވަނީ މިދިޔަ އަހަރުވެސް އެ ޓީމަށް ކުޅުނު ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯވް ޑިނޭވް އާއި މިފަހަރު އަލަށް ގެނައި ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ މިޑްފީލްޑަރު ސިލަސް ޖޫނިއާ އަދި ޖަޕާނުގެ މިޑްފީލްޑަރެކެވެ.

އެ ތިން ކުޅުންތެރިންގެ އިތުރުން މި ސީޒަންގައި ދެން މާޒިޔާއަށް ގެންނަން ހަމަޖެހިފައި ވަނީ ސްޕެއިންގެ ފޯވާޑެކެވެ. އެ ކްލަބުން މައުލޫމާތު ދިން ގޮތުގައި އެނާ ޓީމާ ގުޅެން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.

0 comments:

Post a Comment