ޕޮމިސް ކަޕްގެ ނަން ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ
ނަމަށް ރީބްރޭންޑްކޮށް މުބާރާތުގެ ޗެއާމަންކަމަށް ޓޫރިޒަމް މިނިސްޓަރު
އަހުމަދު އަދީބު ހަމަޖައްސައިފި އެވެ
.
މި ބަދަލު އިއުލާންކޮށްދެއްވީ މިހާރު ކުރިއަށްދާ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެފްއޭއެމުން ބުނީ މުބާރާތުގެ ނަމަށް މި ބަދަލު ގެންނަން ރައީސް އަބްދުﷲ
ޔާމީން ނިންމެވީ ފުޓްބޯޅައިގެ ފޯރި ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ވީހާ
ވެސް ބޮޑަށް ރައްޔިތުންގެ ޝާމިލްވުން ފުޓްބޯޅައިގައި އިތުރުކުރުމުގެ
ބޭނުމުގައި ކަމަށެވެ
.
ޕޮމިސް ކަޕަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީ އަށް ސަރުކާރުން އިސް
ނަގައިގެން 1987 ގައި ފެށި މުބާރާތެކެވެ. ބޭރުގެ ދެ ޓީމާއި ރާއްޖޭގެ ދެ
ޓީމު ބައިވެރިކޮށްގެން ގިނަ އަހަރުތަކެއް ވަންދެން ބާއްވަމުންދިޔަ ޕޮމިސް
ކަޕް 2004 ވަނަ އަހަރުން ފެށިގެން ކެންސަލްކުރަން ޖެހުނީ އެކަށީގެންވާ
ފެންވަރުގެ ބިދޭސީ ޓީމެއް ލިބެން ނެތުމުންނެވެ.